- Advertisement -ad image

އޭލެވެލް އިމްތިހާނު ކެމްބްރިޖަށް ބަދަލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖޭގައި މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް މިހާރު ދެމުން އަންނަ އެޑެކްސެލް އިންޓަނޭޝަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނުގެ ބަދަލުގައި ކޭމްބްރިޖް އިންޓަނޭޝަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނު ދިނުމަށް ނިންމައިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިގޮތުން ކެމްބްރިޖް އިންޓަރނޭޝަލް އޭއެސް އަދި އޭލެވެލް ސިލަބަހަށް ކިޔަވައިދިނުމާއި އިމްތިހާނުތައް ފެށުން 2023-2024 ވަނަ ދިރާސީ އަހަރު ކެމްބްރިޖް އިންޓަރނޭޝަނަލް އޭއެސް ލެވެލްއަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ.

އަދި 2024 ވަނަ އަހަރު އޮކްޓޯބަރު/ނޮވެމްބަރު ގައި ކެމްބްރިޖް އިންޓަރނޭޝަލް އޭއެސް ލެވެލް އިމްތިހާނު ބޭއްވުމާއެކު 2024-2025 ވަނަ އަހަރުގެ ދިރާސީ އަހަރު ކެމްބްރިޖް އިންޓަރނޭޝަނަލް އޭލެވެލް އަށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަނުން ހާމަކުރެއެވެ.

2025 ވަނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކޭމްބްރިޖް އިންޓަރނޭޝަލް އޭލެވެލް އިމްތިހާނު ބާއްވާނެ ކަމަށް ވެސް މިނިސްޓްރީން ހާމަކުރެއެވެ. މިބަދަލާއި ގުޅިގެން މިހާރު މަތީ ސާނަވީ އަށް ކިޔަވަމުންގެންދާ އަދި މިއަހަރު މަތީ ސާނަވީގެ ގްރޭޑް 11 ގައި ކިޔެވުން ފަށާއި ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ