- Advertisement -ad image

އެޗްޑީސީގެ އެމްޑީ ސުހެއިލް ވެސް އިސްތިއުފާ ދެއްވަން ނިންމަވައިފި

ad image

ގުޅުންހުރި ލިޔުންތައް

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

އެމްޑީގެ އިސްތިއުފާ އާއި ގުޅޭގޮތުން އެޗްޑީސީގެ ރަސްމީ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ. ނަމަވެސް 25 އޮގަސްޓްވާ ބުރާސްފަތި ދުވަހަކީ ސުހެއިލް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނަވައި އޮފީހަށް ވަޑައިގަންނަވާނެ ފަހު ދުވަސް ކަން ވަނީ ކަށަވަރުވެފައެވެ.

ސުހައިލް އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރީ ޑިސެމްބަރު 30، 2018 ގަ އެވެ.

ސުހެއިލް އިސްތިއުފާ ދެއްވަން ނިންމަވާފައިވަނީ ސަރުކާރުގެ ބައެއް ނިންމުންތަކާއި ކުންފުނީގެ މުސްތަޤުބަލާ ގުޅޭ ބައެއް ކަންކަމުގައި ސަރުކާރާ ސުހައިލާ ދެމެދުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާތީ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އޭނާ މަޤާމުން ވަކިކުރަން ސަރުކާރުންވެސް ވިސްނަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެމްޑީ ކަމުން އިސްތިއުފާ ދެއްވަން ސުހެއިލް ނިންމެވި އިރު ވަނީ ހުޅުމާލެއިން 74 ގޯތި ވިއްކުވުމަށްވެސް އިއުލާންކޮށްފައެވެ. ރޭ ވަނީ ސަރުކާރުގެ ތަރުޖަމާނު މަބްރޫކްވެސް އިސްތިއުފާ ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ