- Advertisement -ad image

2023 އަށް ފްލެޓެއް ނިންމޭނެ ކަމެއްވެސް އަދި ނިންމޭނީ ކިތައް ފްލެޓްކަން ވެސް މިނިސްޓަރަށް އެނގިވަޑައިނުގަންނަވާ

ad image

ގުޅުންހުރި ލިޔުންތައް

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއު ތަކުގެ ދަށުން 2023 ވަނަ އަހަރަށް އެއްވެސް ފްލެޓެއް ނިންމޭނެ ކަމެއްވެސް އަދި ނިންމޭނީ ކިތައް ފްލެޓްކަންވެސް އެނގިވަޑައި ނުގަންނަވާ ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އަޅަމުން އަންނަ ފްލެޓުތަކަށް އަންނަ އަހަރުގެ ކިހާ ހިސާބެއްގައި ވަދެވޭނެތޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ އަންނަ އަހަރު ނިމޭނެ ފްލެޓުތަކާއި ހައުސިން ޔުނިޓުގެ އަދަދު ދަންނަވަން އަދި އެނގިވަޑައިނުގަންބަވާ ކަމަށެވެ.

ސަބަބެއްގެ ގޮތުގައި އަސްލަމް ވިދާޅުވީ، ބައެއް ފްލެޓްތަކުގެ މަސައްކަތް ތަންކޮޅެއް ހަލުވި ސްޕީޑްގައި ދިޔަ ނަމަވެސް ވަރަށް ލަހުން މަސައްކަތް ކުރިއަށްދާ ޕްރޮޖެކްޓްތައް ވެސް އެބަހުރި ކަމަށެވެ.

އެހެންކަމުން މުޅިން ނިންމާ 2023 ވަނަ އަހަރު މީހުން ވެއްދޭނީ ކިތައް ތަނެއްކަން ވިދާަޅު ނުވެވުނަސް މިހާރު އިމާރާތެއް ވަކި ވަރަކަށް ނިމުނީމަ މީހުންނަށް އެތަންތަނުގެ ރަޖިސްޓްރީވެސް ހަދައިދެވޭއިރު ގާނޫނު އެކަން ކުރުމަށް ޖާފަ ދޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ވެރިކަމުގެ ހަތަރު އަހަރު ނިމެން ގާތްވެފައިވާއިރު އަދި ބޯހިޔާ ވަހިކަމުގެ އެއްވެސް މަޝްރޫއެއް އަކުން ފަށާއި ނިންމިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ