- Advertisement -ad image

ނަޝީދު އާއި ޝާހިދު އިންޑިއާ އަށް ގޮސް ހިމާޔަތް ކުރާނީ އިންޑިއާގެ މަސްލަހަތު: ތާރިގު

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ހާރިޖީ ވަޒީރު ޝާހިދު އިންޑިއާ އަށް ގޮސް ހިމާޔަތް ކުރާނީ އިންޑިއާގެ މަސްލަތު ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ހުކުރު ދުވަހު އިންޑިއާއަށް ވަޑައިގެންފައެވެ. އަދި ހާރިޖީ ވަޒީރު ޝާހިދު މިއަދު އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ތާރިގު ވިދާޅުވީ، ރ.ޔާމީން ތަކުރާރުކޮށް ހަދާންކޮށްދެނީ ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިންކަމެވެ. ނަމަވެސް ރައީސް ނަޝީދު، އަދި ޝާހިދު އިންޑިޔާއަށް ގެންގޮސް ހިމާޔަތްކުރާނީ އިންޑިޔާގެ މަސްލަޙަތު ކަމަށެވެ.

ނަމަވެސް ރައްޔިތުން ނިންމަންއޮތީ މިނިވަންކަމާއިގުޅޭ ވޯޓެއް ކަމަށާއި ނަންވާނީ 9 ވަނަ ހަސަން ރަސްގެފާނާއި، ހަސަންތާޖުއްދީނުގެ 2 ދަރިން ކަމަށް ތާރިގު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ