- Advertisement -ad image

ފައުޖުތައް ނިކުމެ ސައިޒު ކުރަންވީ ގައުމުގައި ތިބި ލާދީނީ ޝައިތާނުންތައް: އަލީ ރަމީޒް

ad image

ގުޅުންހުރި ލިޔުންތައް

ބޮޑު ފައުޖެއް ނިކުމެ ސައިޒު ކުރަންވީ މިގައުމުގައި ތިބި ހުރިހާ ލާދީނީ ޝައިތާނުންތައް ކަމަށް އަލީ ރަމީޒް ބުނެފިއެވެ.

ޖަމިއްޔަތުއް ސަލަފުގެ މެންބަރު އަލީ ރަމީޒް މިހެން ބުނެފައިވަނީ ހަރުކަށި ފިކުރާއި ދެކޮޅަށް ބޮޑު ފައުޖެއް އުފައްދައި ރަށު ތެރެއަށް ނެރެން ގޮވާލާ އުނގޫފާރު ދާއިރާގެ މެންބަރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް އިޝާރާތް ކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ.

މި ގަރާރާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ޝެއިހު ފަޒްލޫންވެސް ވިދާޅުވީ،

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ އުފުލާ، ޝިރުކާ ދެކޮޅުހެދީމަ އެކަން ވަނީ “ޓެރަރިޒަމް” އަށް ނަމަވެސް، މީހެއްގެ ބޯ ބުރިކޮށްލާ، އަނެކެއްގެ ކަރަށް ވަޅިހެރީމަ އެ ވަނީ ގައުމީ ޚިދުމަތަށް ކަމަށެވެ.
އެހެންކަމުން ދިވެހި ދައުލަތުގެ އިސްޠިލާޙުގައި ޓެރަރިޒަމްއަކީ އިސްލާމްދީންކަން ވަރަށް ސާފުވެއްޖެ ކަމަށް ޝެއިހު ފަޒުލޫން ވިދާޅުވިއެވެ.

މެންބަރު ވަހީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ، ސަލާމަތީ ބާރުތައް ހިމެނޭ ގޮތަށް އުފައްދާ މި ޖަމާއަތް ނޫނީ ފައުޖުން ދީނީ ތައުލީމް ދޭ ތަންތަނާއި މިސްކިތްތައް ބަލަހައްޓަން ލާޒިމް ކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ