- Advertisement -ad image

ބައްސާމުގެ އަނބިކަނބަލުންގެ ރެސްޓޯރަންޓަށް ބަޔަކު ގެއްލުންދީފި

ad image

ގުޅުންހުރި ލިޔުންތައް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަނބިކަނބަލުން މައުރީންގެ ރެސްޓޯރަންޓަށް ބަޔަކު ރޭ ގެއްލުންދީފިއެވެ.

އެގޮތުން ހުޅުމާލޭގައި ހުންނަ ’މިނޫޝިއާ’ ރެސްޓޯރަންޓްގެ ބިއްލޫރިގަނޑެއް ވަނީ އެއްޗަކުން ޖަހާ ތަޅާލާފައެވެ.
ސީސީޓީވީން ފެންނަ ގޮތުގައި ރެސްޓޯރަންޓަށް ގެއްލުންދިންމީހާ ހުރީ ހެލްމެޓް އަޅައިގެން ކަމަށް މައުލޫމާތުލިބެއެވެ. މި ހަމަލާދީފައިވަނީ ރޭ މެންދަމު 12:15 އެހާއިރުއެވެ. އެއްޗަކުން ޖަހާ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު އެމީހާ ބާރަށް ގޮސް ފިލައެވެ.

މައުރީންގެ ރެސްޓޯރަންޓަށް ރޭ ބަޔަކު ގެއްލުންދީފައި މިވަނީ މިދިޔަ އޮގަސްޓް މަހުގެ ތިރީސް ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ މެޗެއްގައި ހަމަނުޖެހުންތަކެއް ހިނގާފައިވަނިކޮށެވެ.

ފުލުހުން ބުނީ ހުޅުމާލޭ ރެސްޓޯރަންޓެއްގެ ބިއްލޫރިގަނޑު ތަޅާލައިފައިވާ މައްސަލަ ރޭ 12:28 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ