- Advertisement -ad image

މުލީ ސްކޫލްގެ ކްލާސްރޫމްތަކުގައި ކަރަންޓްނެތި ކިޔަވައިދޭތާ އެއް ހަފްތާ!

ad image

ގުޅުންހުރި ލިޔުންތައް

މ މުލީ ސްކޫލްގެ ބައެއް ކްލާސްރޫމްތަކުގައި ކަރަންޓް ނެތި ކިޔަވައިދޭތާ ހަފުތާއެއް ވީއިރުވެސް މައްސަލަ ހައްލުކޮށްފައި ނުވާ ކަމަށް ބެލެނިވެރިން ބުނެފިއެވެ.

މުލީ ސްކޫލްގެ ބެލެނިވެރިއަކު ބުނީ ކަރަންޓު ނެތިކިޔަވައިދޭތާ 1 ހަފްތާ ވެގެންދިއުމުން އެކަން ބަލައިނުގަނެވޭ ކަމަށެވެ.

އެލްކޭޖީ، ޔޫކޭޖީ، ގްރޭޑް 1  މިކްލާސްތަކަށް ކިޔަވައިދެމުން އަންނަ އިމާރާތުގައި ކަރަންޓުނެތި ކިޔަވައިދެމުންދާތާ މިއަދަށް 1 ހަފްތާވީއިރު އަދިވަނީ މިކަމަށް ހައްލެއް ނުލިބި.” .

ސްކޫލްގެ ބެލެނިވެރިއަކު ބުންޏެވެ

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ ބުނީ މިހާރު ވަނީ އެ ދަރިވަރުންނަށް ހާއްސަ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށާއި މި ހަފްތާ ބަންދުގައި ސްޓެލްކޯއިން އެ މައްސަލަ ހައްލުކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން ސްކޫލްގައި ޕްރިންސިޕަލަކު ނެތި ހިންގަމުންދާތާ 2 އަހަރު ވެފައިވާތީ ބެލެނިވެރިންދަނީ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ