ހުޅުމާލޭ ނިރޮޅުމަގުގައި ޕާރކްކޮށްފައި އޮތް ކާރެއްގައި އެމްޓީސީސީ ބަހަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓްގައި ޕާރކްކޮށްފައި އޮތީ ޕްރައިވެޓް ކާރެކެވެ. އެކްސިޑެންޓްވެފައިވަނީ އެމްޓީސީސީގެ ދެބުރި ބަހެކެވެ.
މި ބަހަކީ ގިނަ އަދަދެއްގެ ބަޔަކު ގޮވައިގެން މާލޭ ވެސްޓްޕާރކުން ހުޅުމާލެ ފޭސް ދެއަކަށް ދަތުރު ކުރި ބަހެކެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
އެކްސިޑެންޓްވި ކާރު ޕާރކްކޮށްފައިވަނީ ގަވައިދާ ހިލާފަށެވެ.