- Advertisement -ad image

ވިލިމާލެ ބިއްރި މިސްކިތް ވަގުތީ ގޮތުން ބަންދުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ވިލިމާލޭގައި ހުންނަ ބިއްރި މިސްކިތް ވަގުތީ ގޮތުން މިއަދު ބަންދުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ވައިގަދަވެ ވިއްސާރަވުމުގެ ސަބަބުން ވިލިމާލެ ބިއްރި މިސްކިތުގެ ކަރަންޓު ބޯޑަށް ފެންއެޅި ހަލާކުވެފައިވާ ކަމަށެވެ.

އަދި މިސްކިތުގެ ސީލިންގްއަށްވެސް ވިއްސާރައިގެ އަސަރުކޮށް ހަލާކުވެފައިވާތީ މާލެ ސިޓީ ކައުންސިލުން ބިއްރި މިސްކިތް މަރާމަތުކުރަން ވަގުތީގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.

ބިއްރި މިސްކިތް ހުޅުވާފައި ވަނީ 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ 17 ވަނަ ދުވަހުއެވެ.

މިއީ 1000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ މިސްކިތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ