- Advertisement -ad image

ހޯމަ ދުވަހަށް ރައީސް ޔާމީންގެ ޝަރީއަތް ތާވަލް ކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ޗުއްޓީގައި ހުންނެވު ގާޒީ ޝަކީލް ކުއްލިއަކަށް ޗުއްޓީ ކުރު ކުރައްވާ ވަޑައިގެން ރައީސް ޔާމީންގެ ޝަރީއަތް ތާވަލް ކުރައްވައިފިއެވެ.

މި އަޑުއެހުން ތާވަލުކުރައްވާފައިވަނީ މި މަހުގެ 5 ވަނަ ދުވަހަށެވެ. އެ އަޑުއެހުމަކީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި އިސްކޮށް ތިބި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުމެކެވެ.

ނިމުނު ހަފުތާގެ އަންގާރަ ދުވަހަށް ތާވަލްކުރި މިމައްސަލާގެ އަޑު އެހެން ކެންސަލް ކުރީ މައްސަލަ ތާވަލް ކުރެއްވުމަށް ގާޒީ ޝަކީލް އާއިލީ ޒިންމާގެ ޗުއްޓީއެއް ނެންގެވުމުންނެވެ.

އެގޮތުން އިސް ގާޒީގެ ޗުއްޓީ ހަމަވާނެ ކަމަށް ކުރި ބުނެފައިވަނީ މިމަހުގެ 6 ވާ އަންގާރަ ދުވަހަށް ނަމަވެސް ކުއްލިގޮތަށް ޗުއްޓީ ކުރު ކުރައްވާ ވަޑައިގަތީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ