- Advertisement -ad image

މޫސުން ގޯސްވާނެ ކަމަށް ބަލާ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ad image

ގުޅުންހުރި ލިޔުންތައް

ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 8:15 އިން ފެށިގެން މެންދުރު 14:00 އަށެވެ.

އަދި މިވަގުތުގައި ބޯކޮށްވާރޭވެހުމާއެކު ގުގުރުން، ގަޑިއަކު އަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ވިއްސާރައިގެ ސަބަބުން އާންމުކޮށް ފެންބޮޑުވާ ރަށްރަށުން ފެންބޮޑުވެގެން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުއެޅުމަށް ޑިސާސްޓަރ މެނޭޖުމަންޓް ސެންޓަރުން ވަނީ އަންގާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ