- Advertisement -ad image

އަށްސަތޭކަ އަށްވުރެ ގިނަ ދަރިވަރުންނާއެކު ފޭސް ދެއެއްގެ ފުރަތަމަ ސްކޫލް ހުޅުވައިފި

ad image

ގުޅުންހުރި ލިޔުންތައް

800 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ހުޅުމާލެ ފޭސް ދެއެއްގެ ފުރަތަމަ ސްކޫލް ހުޅުވައި ކިޔަވައިދޭން މިއަދު ފަށައިފިއެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި ކިޔަވައިދޭން ފަށާފައި ވަނީ 824 ދަރިވަރުންނާއެކުއެވެ.

މި ސްކޫލްގައި އެލް.ކޭ.ޖީ.، ޔޫ.ކޭ.ޖީ އިން ފެށިގެން ގްރޭޑް 1، 2، 3، 4، 5 އަދި 6 އަކާއި ހަމައަށް ކިޔަވައިދޭނެއެވެ.
މީގެ އިތުރުން ފައުންޑޭޝަން ކްލާސްތައް 4 ދަންފަޅި އަކަށް ކިޔަވައިދޭއިރު ގްރޭޑް 1 ން 6 އަކަށް 2 ދަންފަޅި ކިޔަވައިދޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ކާމިލްދީދީ ޕްރައިމަރީ ސްކޫލްގެ ކިޔެވުން ފެށިއިރު މުވައްޒިފުންގެ ޢަދަދަކީ 65 އެވެ.
އެއީ 47 މުދައްރިސުންނާއި، 8 އިދާރީ މުވައްޒަފުންގެ އިތުރުން 10 މަސައްކަތު މީހުން ހިމެނޭ ގޮތަށެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް (ކޭޕީއެސް) ނިސްބަތްވަނީ ދިވެހިރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ގާނޫނު އަސާސީގެ ދަށުން އައްޔަންކުރެވުނު ފުރަތަމަ ވަޒީރުލް މަޢާރިފް އަލްއުސްތާޛް އަޙްމަދު ކާމިލްދީދީއަށެވެ.

ކޭޕީއެސްގެ ކިޔެވުން ރަސްމީކޮށް މިއަދު ފެށުނު އިރު މި ސްކޫލްގެ ދަރިވަރުން މިއަހަރުގެ ދިރާސީ އަހަރު ފެށުނީންސުރެ މިދިޔަ ހަފްތާގެ ނިޔަލަށް ކިޔަވަން ދިޔައީ ހުޅުމާލޭގެ ހަތަރު ސްކޫލަކަށެވެ. އެއީ މުހައްމަދު ގާސިމް ޕްރީސްކޫލާއި، ގާޒީ ސްކޫލް، ރެހެންދި ސްކޫލް އަދި ހުރަވީ ސްކޫލަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ