- Advertisement -ad image

ނިލަންދޫ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދަން ސިފައިން ހަރަކާތްތެރިވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފ.ނިލަންދޫގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، އެ ރަށުގެ މަގުތަކުން ފެން ހިއްކުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ.ނިލަންދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެއްޖެއެވެ.

ސެޕްޓެމްބަރު 4 ވަނަ ދުވަހު ކުރި ވިއްސާރައިގައި ފ.ނިލަންދޫގެ މަގުތަކުގައި ފެންބޮޑުވެ، އެ ރަށުގައި ހުންނަ އަތޮޅު ފިހާރަބަރި ކައިރީގައި ހެދުނު ފެންގަނޑު ހިއްކުމުގައި ފ.ނިލަންދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން  ހަރަކާތްތެރިވިއެވެ.

މިގޮތުން ޕަންޕު ޖައްސައިގެން، ފެންގަނޑު ހިންދުމަށް ކުރި މަސައްކަތުން އެ ސަރަހައްދުގައި ބޮޑުވެފައި އޮތް ފެންގަނޑު ހިއްކާ ނިމިފައިވަނީ 18:45 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

ހަމައެއާއެކު، އެ ރަށު މަގުތަކުގައި ފެންބޮޑުވެ އެއް ގެޔަށް ފެނުގެ އަސަރުކޮށްފައިވުމާއެކު، އެ ގޭގައި ވެލި ބަސްތާ ޖެހުމުގައި ވެސް ފ.ނިލަންދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން  ހަރަކާތްތެރިވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ