- Advertisement -ad image

މިއަދަށް ތާވަލު ކުރި، ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުންވެސް ކެންސަލް

ad image

ގުޅުންހުރި ލިޔުންތައް

މިއަދު ހެނދުނު ބާއްވަން ތާވަލް ކުރި، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުންވެސް ކެންސަލްކޮށްފިއެވެ.

މިއަދުގެ އަޑުއެހުމަކީވެސް މިމައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ ގާޒީ ޝަކީލް ޗުއްޓީގައި ހުންނެވުމަށް ފަހު ނިކުމެވަޑައިގެން ކުއްލިއަކަށް ތާވަލް ކުރި އަޑުއެހުމެކެވެ.

މިއަދު އަޑުއެހުމުގައި އޮތީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މޭސްތިރިން ކަމަށް ބުނާ އަދީބު އަދި ޒިޔަތުގެ ހެކިބަސް ނެގުމެވެ.

މީގެ ކުރިން އޯގަސްޓު މަހުގެ 30 ވަނަ ދުވަހުގައި ބޭއްވުމަށް ތާވަލުކުރި އެ އަޑުއެހުން އެ ދުވަހު ކެންސަލްކުރީ އިސްޤާޟީ ޝަކީލު އާއިލީ ޒިންމާގެ ޗުއްޓީއަށް ކުއްލިއަކަށް ވަޑައިގެންނެވުމާ ގުޅިގެންނެވެ. މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ ކޯޓު ރޫމަށް ފެނުގެ އަސަރުކޮށްގެންކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.

އަދި މިމައްސަލައިގެ އަޑުއެހުންތަކެއް މި މަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހުގައި ބާއްވަން ތާވަލުކޮށްފައިވާކަމަށްވެސް ކުރިމިނަލް ކޯޓުން މިއަދު ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ