- Advertisement -ad image

އިމްރާން ދެކިވަޑައިގަންނަވާ ހުވަފެންފުޅު: 10 އަހަރު ފަހުން ރާއްޖޭގެ ވެރިކަން ކުރާނީ އަދާލަތު ޕާޓީ!

ad image

ގުޅުންހުރި ލިޔުންތައް

މީގެ 10 އަހަރު ފަހުން ދިވެހިރާއްޖޭގެ ވެރިކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށް އެޕާޓީގެ ރައީސް އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ތަސައްވުރު ކަނޑައަޅާ ކުރިއަށް އޮތް 10 އަހަރު މަސައްކަތް ކުރާނެ ގޮތުގެ ސްޓްރެޓެޖިކް ޕްލޭނެއް ވަނީ ފާސްކޮށްފައެވެ.

ހޯމް މިނިސްޓަރު ކަމުގައިވެސް ހުންނެވި އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2033 ވަނަ އަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށެވެ.

އަދާލަތު ޕާޓީގެ ސްޓްރެޓެޖިކް ޕްލޭނަކީ ކުރިއަށް އޮތް 10 އަހަރު އެ ޕާޓީ އިތުރަށް ވަރުގަދަކުރުމަށް ރޭ ބޭއްވި މަޝްވަރާ މަޖިލީހުން ތަސްދީގުކުރި ޕްލޭނެއް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. މި ޕްލޭންގައި މައިގަނޑު 8 ދާއިރާއަކުން އެ ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތް ވަނީ ހިމަނާފައެވެ.

ރާއްޖޭގައި އައު ގާނޫނު އަސާސީ އަށް އަމަލު ކުރަން 2008 ގައި ފެށިފަހުން ބޭއްވި އެއްވެސް ރިޔާސީ އިންތިހާބެއްގައި އަދާލަތު ޕާޓީން ވާދަކޮށްފައެއް ނުވެއެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުން ފެންނަން އޮތް ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތު އެޕާޓީގައި ތިބީ 10،150 މެންބަރުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ