- Advertisement -ad image

ފެންބޮޑުވެ ހާލަތު ގޯސްވެފައިވާތީ އިންޑިއާގެ ބެންގަލޫރުގައި ތިބި ދިވެހިންގެ ހާލުދަނީ ބަލަމުން: މިނިސްޓްރީ

ad image

ގުޅުންހުރި ލިޔުންތައް

މިހާރު އިންޑިއާ އަށް ކުރަމުންދާ ވިއްސާރައިގާ ބެންގަލޫރުގައި ފެންބޮޑުވެ ހާލަތު ގޯސްވެފައިވާތީ އެ ސިޓީގައި މިވަގުތު ތިބި ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިހާރުވެސް ބެންގަލޫރުގެ ބޮޑުބައެއްގައި ފެންބޮޑުވެފައިވާ ކަމަށާއި މިއަދުވެސް އެ ސިޓީއަށް ބޯކޮށް ވާރޭވެހޭނެކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައި ކަމަށެވެ.

އަދި އެގައުމުގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ބެންގަލޫރުގައި ހުންނަ ރާއްޖޭގެ ޖެނެރަލް ކޮންސިއުލޭޓް މެދުވެރިކޮށް ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައިވާ ހިސާބުތަކުގައި ދިރިއުޅޭ ދިވެހިންގެ އަދަދާއި، ދިވެހިންނަށް ފެންބޮޑުވުމުގެ ސަބަބުން އެއްވެސް އަސަރެއް ކޮށްފައިވޭތޯއާއި އެމީހުންގެ ހާލަކީ ކޮބާތޯ ބެލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ހައިކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހިންނަށް ގުޅިއިރު މިހާތަނަށް ގުޅުނު ހުރިހާ ދިވެހިންގެވެސް ހާލު ރަނގަޅު ކަމަށެވެ.
ބެންގަލޫރުގައި މިވަގުތު ދިވެހިންގެ ތެރެއިން އެއްވެސް އެހީތެރިކަމަކަށް އެދެން ބޭނުންވާނަމަ ހައި ކޮމިޝަންގެ ހޮޓްލައިން ނަންބަރު 919910040786+ އަށް ނުވަތަ ބެންގަލޫރުގެ ޖެނެރަލް ކޮންސިއުލޭޓްގެ ހޮޓްލައިން ނަންބަރު 918022972754+ ގުޅައި، ރިޕޯޓްކުރުމަށް ފޮރިން މިނިސްޓްރީން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ