- Advertisement -ad image

ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުން ކޮއްޓާ ހީ ސަކަރާތް ޖެހުމުން ގާޒީ އިންޒާރުދީފި

ad image

ގުޅުންހުރި ލިޔުންތައް

ވ.އާރަށް ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގައި، މިއަދުގެ އަޑު އަހުމުގައި ދައުލަތުގެ ވަކީލުން ހީ ސަކަރާތް ޖެހުމުން ގާޒީ ދައުލަތުގެ ވަކީލުންނަށް އިޒާރެއް ދެއްވައިފިއެވެ.

މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލު އެ ވަކީލުންނަށް ވަރުގަދަ އިންޒާރެއް ދެއްވާފައިވަނީ، ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ވަކީލު އިއުތިރާޒުކުރައްވައި ވާހަކަދައްކަވަމުން ގެންދެވި ވަގުތުގައި ދައުލަތުގެ ވަކީލުން ކަމުގައިވާ އަޙްމަދު ނައުފަލްއާއި ވަކީލު މަރިޔަމް ޝަހުމާ ހީސަމާސާކުރައްވުމާއި ގުޅިގެންނެވެ.
މި މަންޒަރުތައް އެ ވަގުތު ލައިވްކޮށް ފެންނަމުންދިޔައެވެ.
އެއާއެކު އެކަން ޤާޟީ ޝަކީލުގެ ސަމާލުކަމަށް އައިސް އޭނާވަނީ އެ ބޭފުޅުންނަށް އިންޒާރެއް ދެއްވާފައެވެ.

‘ މިހާރުގެ ދައުލަތުގެ ވަކީލުން މިއީ ހީ ސަމާސާ ކޮށް ސަކަރާތް ޖަހާ މަޖިލީހެއް ނޫން މިއަކީ. އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކޮއްޓާ އިނގޭތޯ. އެފަދަ ކަން ކަން ކުރާނަމަ ޝަރީއަތުގެ މަޖިލީހުން ޖެހޭނީ އެފަދަ ވަކީލަކާ ދޭތެރޭ އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅަން އިނގޭތޯ’ ގާޒީ ވިދާޅުވިއެވެ.

އިތުރަށްގާޒީ ޝަކީލު ވިދާޅުވެފައިވަނީ ޝަރީޢަތަށް ދުއްތުރާކޮށް އުދަގޫކުރުމުގެ ފުރުސަތު އެއްވެސް ވަކީލަކަށް ނޯންނާނެ ކަމަށާއި، އެއީ ވަކީލުން ކުރައްވައިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދައިން އެކަން ކުރުމަށް ޝަރީޢަތަށް ދޫކޮށްވެސްނުލެއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ދަންނަވަންތޯ މިހާރު މިގައުމުގާ މިއޮތް ސަރުކާރަކީވެސް ހަމަ ސަކަރާތެއް، އޭގެ ހެއްކެއް ތި ފެނުނީ އިސްލާމީ ގާނޫނީ ޝަރީއަތެއްގެ ތެރެއިންވެސް، މީކީ އެއްވެސް ހަރުދަނާކަމެއް ލަޔާގަތެއް ގާބިލްކަމެއް ބިރެއް ފިތެއްވެސް ހުރިބައެއް އުޅޭ ސަރުކާރެއް ނޫން، ތަނެއްގާ ސަކަރާތެއް ކުޅިވަރެއް އޮތިއްޔާ ވަރަށް ބާރުލާ އެކަމެއްގެ ތެރެއަށް ވަދެގަންނާނެ، އަދި މިހާރު މާތްވެގެންވާ އިސްލާމްދީން ހަރާމް ކުރެއްވި ކިތަންމެ ކުޅިވަރެއް މިގައުމަށް ތައާރަފު ކުރަމުން ދާއިރުވެސް މި ސަރުކާރުގެ ރައީސުން ފެށިގެން ެެެެެެެެ
    ެއްވެސް ބޭފުޅަކު އެއްެމެ ކުޑަވެގެން އެކަން ކުށްވެރި ކޮށްލައްވާތަން ވެސްނުފެނުނުން މިސަރުކާރަކީވެސް އީސީޝަރީފު ވަރަށް ގިނަ ސަކަރާތްތަކެއް ޖަހައިގެން އުފަން ކޮށްފާއޮތް ސަރުކާރެއްއ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ