- Advertisement -ad image

އަށާރަ އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒް ދޭން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


މިއަދުން ފެށިގެން އުމުރުން އަށާރަ އަހަރުން މަތީގެ މީހުންނަށް ކޮވިޑް 19 ދިފާއު ވެކްސިންގެ ހަތަރު ވަނަ ޑޯޒް ދޭން ފަށާއިފާވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ ހަތަރު ވަނަ ޑޯޒް ޖަހާނީ ކޮވިޑް 19 ގެ ފުރަތަމަ ބޫސްޓަރ 3 ވަނަ ޑޯޒް ޖެހި ފަހުން 4 މަސްދުވަސް ފުރިހަމަވެފައިވާ ފަރާތްތައް ކަމަށެވެ.
އަދި މާލެ ސަރަހައްދުގައި ވެކްސިން ޖަހަމުންދާނީ އެޕޮއިންޓްމަންޓް ދޫކޮށްގެން ކަމަށާއި މިއަދުން ފެށިގެން ފައިޒަރ ވެކްސިން ޖަހަމުންދާނެ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.
މީގެ އިތުރުންވެސް 12 އަގަރުން މަތީގެ މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް މިހާތަނަށް ފުރިހަމަ ނުކޮށް ތިބި ފަރާތްތަކުންވެސް ވެކްސިން ސެންޓަރުތަކަށް ގޮސް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
ވެކްސިންގެ ހަތަރު ވަނަ ޑޯޒް މާލެ ސަރަހައްދުގައި ޖަހާނީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ދަމަނަވެށިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ