- Advertisement -ad image

އެގްރީމަންޓްގައި ސޮއިނުކުރާ ނަމަ ހިޔާ ފްލެޓްތައް އަތުލަނީ

ad image

ގުޅުންހުރި ލިޔުންތައް

ހިޔާ ފްލެޓް ލިބުނު ކަމުގެ އެއްބަސްވުމުގައި މިމަހުގެ 29 ގެ ނިޔަލަށް ސޮއިނުކުރާ ފަރާތްތަކުގެ ފުލެޓު ލިބުމަށް ހޮވިފައިވާ ހޮވުން ބާތިލްވާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ޢިމާރާތް ކޮށްފައިވަނީ 6720 ފުލެޓެއެވެ.
ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެފްލެޓްތައް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ފުލެޓު އެގްރީމަންޓްގައި ސޮއިކުރުމުގެ ކަންކަން ނިންމުމަށް ވަރަށްގިނަ ދުވަސްތަކެއް ދެވިފައިވާކަމަށެވެ.
އެހެންކަމުން މިހާތަނަށް ވެސް އެޗް.ޑި.ސީ އާއެކު ފުލެޓު އެގްރީމަންޓްގައި ސޮއިކޮށްފައިނުވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދޭން ނިންމާ މިމަހުގެ 29 ގެ ކުރިން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ އެދިފައެވެ.

އިއުލާނުގައި މިހާތަނަށް ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފައިނުވާ 40 މީހެއްގެ ނަން ވަނީ ހިމަނާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ