- Advertisement -ad image

ހިޔާ ޓަވަރު އެޗް5 ގެ ލިފްޓްތަކުން ކުނި އުފުލުން މަނާކޮށްފި!

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ޓަވަރު އެޗް5 ގައި ދިރިއުޅޭ ފަރާތްތަކުން ލިފްޓުން ކުނި އުފުލުން މަނާކޮށްފިއެވެ.
އެޗް5 ވައިބަރ ގުރޫޕުގައި ހިއްސާކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު ލިފުޓަށް އެއްވެސް ބާވަތެއްގެ ކުންޏެއް އެރުވުން މަނައެވެ.
މިކަމާގުޅިގެން،އެޗް5 ޓަވަރުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން މި ނޫހާއި ވާހަކަ ދައްކަމުން ބުނީ ކުނި ކޮތަޅު ހިފައިގެން ސިޑިން ފޭބުމަކީ ވަރަށް ދަތި ކަމަކަށް ވާނެ ކަމަށެވެ. ސަބަބަކީ 24 ފްލޯގެ އިމާރާތުގެ މަތީ ފުލޯތަކުގައި އުޅޭ ފަރާތްތަކަށް މިކަން ވާނީ ބޮޑު ތަކުލީފަކަށް ކަމުގައި ވާތީއެވެ.
އެޗް ޑީސީން އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހިޔާ ފްލެޓްތަކުގެ ލިފްޓްތައް ބޭނުންކުރާ ފަރާތްތަކަށް އެންމެ ފުރިހަމައަށް ބޭނުން ކުރުމަށްޓަކައި ޓަވަރުތަކުގެ ޕްރޮގްރާމް ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
އެހެން ކަމުން މިކަން ތަޖުރިބާ ކުރުން ހޮނިހިރު ދުވަހުން ފެށިގެން އެޗް5 ގެ ޓަވަރުގައި ކުރިއަށް ދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ