ކުރިއަށް އޮތީ މޫސުން ރަނގަޅު ފަސް ދުވަސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓު އޮފީހުން ބުނީ ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހު ރާއްޖޭގެ މޫސުން ފެންނަނީ ރީތިކޮށް ކަމަށާއި ދޭތެރެއަކުން ކެރީގެ އަސަރު އެކި ހިސާބުތަކަށް ކުރި ނަމަވެސް މޫސުން ގޯސް ނުވާނެ ކަމަށެވެ.
އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.
ފާއިތުވި ހަފުތާގައި މުޅި ރާއްޖެއަށް ވިއްސާރަކޮށް ކަނޑުތައްވެސް ގަދަވެފައިވެއެވެ. މިކަމުގެ ސަބަބުން ކަނޑުމަތީގެ އެކި ހާދިސާތައް ހިނގާ ވާރޭވެހުމުގެ ސަބަބުން ބައެއް ރަށްތަކުގައި ފެންވެސް ބޮޑުވިއެވެ.