- Advertisement -ad image

ރައީސް ސާލިހު ކުރައްވަނީ ގުރުއާނުގައި ބަޔާންކޮށްފައިވާ ފަދަ ހެޔޮވެރިކަމެއް: އިމްރާން

ad image

ގުޅުންހުރި ލިޔުންތައް

ހެޔޮވެރިކަމެއްގައި ހުންނަންޖެހޭ އެންމެ މުހިއްމު ސިފަތައް މިވެރިކަމުގައި އެބަހުރިކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާރޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރޮޓީގެ ރައީސް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
ލ.ގަމުގައި މިއަދު ފެށި ވިއަވަތި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާނު ވިދާޅުވީ، ހެޔޮވެރިކަމެއްގައި ހުންނަންޖެހޭ އެންމެ މާތް, އެންމެ މަތިވެރި, އެންމެ މޮޅު, އެންމެ ވިދާ ބަބުޅާ ސިފައަކީ ފުރިހަމަ ސިފައިގައި އެންމެން އެކުގައި މަޝްވަރާކުރުންކަމަށެވެ.
އެކަން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމް ފައްކާކުރުން އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ކެމްޕެއިން ވައުދެއްގެ ގޮތުގައި ވިދާޅުވެފައިވާ ބަސްފުޅެއްނޫން ކަމަށާއި, އެއީ މިޖަޒީރާ ރާއްޖޭގެ ވެރިކަން ހިނގަންޖެހޭނެކަމަށް އެމަނިކުފާން އީމާންވެވަޑައިގަންނަވާ ގޮތްކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ޕެޝަން, އެމަނިކުފާން ވެރިކަންކުރެއްވުމުގެ ވައްޓަފާޅިއާއި ސްޓައިލްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކޮންމެ ދުވަހަކު އަމަލީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އެކަން ދައްކަވަމުން ތަޖުރިބާކުރައްވަމުން ގެންދަވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވީ ޤައުމެއް ތަނަވަސްވިކަމަށްވާނީ އެޤައުމެއްގެ ހުރިހާ ރައްޔިތުން ތަނަވަސްވުމުންކަމަށެވެ. އަދި ޤައުމަކަށް އުފާވެރިކަން ލިބިގެންދާނީ އެޤައުމެއްގައި ހިމެނޭ އެންމެ ނިކަމެތި, އެންމެ ފަޤީރު މީހާވެސް އުފާވުމުންކަމަށެވެ. ދިވެހިރާއްޖެ ތަރައްޤީވާނީ އަޅުގަނޑުމެން ދިރިއުޅޭ ހުރިހާ ޖަޒީރާތައް އެއްވަރަކަށް ތަރައްޤީވީމުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ހުރިހާ ޖަޒީރާތައް ތަރައްޤީކުރެވޭނީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ރާއްޖޭގައި ޤާއިމްކުރެވުމުންކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ