- Advertisement -ad image

ހިފާގެންގުޅޭ ތަކެތި ބެލްކަނިން އުކާލުމުން ޕާކްކޮށްފައިހުރި ވެހިކަލްތަކަކަށް ގެއްލުން ލިބިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ހިޔާ ފްލެޓަކުން ހިފާގެންގުޅޭ އެއްޗެހި ތަކެއް އުކާލުމާ ގުޅިގެން އެ ސަރަހައްދުގައި ޕާރކްކޮށްފައި ހުރި ބައެއް ވެހިކަލްތަކަށް ގެއްލުން ލިބިއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލެ ހިޔާ ފްލެޓް ޓަވަރު 4 ކައިރީގައި ޕާރކްކޮށްފައި ހުރި ވެހިކަލްތަކަކަށް ގެއްލުން ލިބިފައިވާ ކަމުގެ ރިޕޯޓް މިއަދު 12:53 އެހާއިރު ލިބިފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނުތަކެއް އުކާލާފައިވަނީ އެޗް4 ޓަވަރުގެ 17 ވަނަ ފްލޯއިންނެވެ.
ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މަންޒަރު ދުށް މީހަކު ބުނީ މިތަކެތި އުކާލާފައިވަނީ 17 ވަނަ ފްލޯއިން އަންހެނެއް ކަމަށެވެ.

ފްލެޓުން އުކާލި ތަކެތިން މީހަކަށް ގެއްލުމެއްވީ ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާއިރު އުކާލާފައިވާ ބައެއް ތަކެތީގެ ތެރޭގައި ވަޅި އާއި ގަސް މުށި އަދި ތަވާ ތެލި ފަދަ އެއްޗެހި ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ