- Advertisement -ad image

މިނީބަސް ރޫޓުގައި ޕާރކްކޮށްފައި ހުރި 30 ސައިކަލާއި 1 ކާރު ޓޯކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މިނީބަސް ރޫޓުގައި ޕާރކް ކުރުން މަނާ ކުރުމާއި ގުޅިގެން އެކަން ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 30 ސައިކަލު ޓޯކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ 6 އަކުން ފެށިގެން 10 އަކާ ހަމައަށް މިނިީބަސް ރޫޓުގައި ޕާރކްކޮށްފައި އޮތް އެއް ކާރުވެސް ޓޯކޮށްފައިވާ ކަމަށެވެ.
އަދި މިހާތަނަށް 538 ވެހިކަލުގައި ގަވައިދާ ހިލާފަށް ޕާރކްކޮށްފައިވާތީ ސްޓިކާ ވެސް ޖަހާފައިވާ ކަމަށެވެ.

މާލޭގައި މިނީބަހުގެ ބަސްތައް ދުއްވާ ރޫޓަށް ދަތިވާގޮތަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޖޫރިމަނާކޮށް ޓޯ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ މީގެ ކުރިން ދީފައެވެ.
އެގޮތުން ބަސް ރޫޓަށް އުނދަގޫވާގޮތަށް، ޕާކު ކުރުން މަނާ ކޮށްފައިވާ ސަރަހައްދުތަކުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކަރ ޖަހާނެ ކަމަށާއި މީގެ އިތުރުން ޓޯ ކުރަން ޖެހޭ ހާލަތްތަކުގައި ޓޯ ކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ