- Advertisement -ad image

އުތުރުގެ ރަށްތަކުގެ ގޮނޑުދޮށް ރެނދަންލާ ދިއްލާލައިފި

ad image

ގުޅުންހުރި ލިޔުންތައް

އުތުރުގެ ގިނަ ރަށްތަކެއްގެ ގޮނޑުދޮށް ރެނދަންލާ ދިއްލާލައިފިއެވެ.

ހޯރަފުށީގައި ހުރި ގާތް ރަހުމަތްތެރިއެއްގެ އިންސްޓަރގްރާމް ސްޓޯރީ ފެނުން މެސެޖެއް ކޮށްލާ ހަބަރު ބަލާލީމެވެ. އޭނާ ބުނިގޮތުން ހޯރަފުށީގެ މުޅި ގޮނޑުދޮށް އޮތީ ރެނދަނުން ދިއްލާލާފައެވެ.
މިއީ ވަރަށްވެސް ހިތްގައިމު ރީތި މަންޒަރެކެވެ. ތަފާތު އިހުސާސެއް ކުރެވޭ ބަލާ ފޫހި ނުވާ މަންޒަރެއް ކަމަށް އޭނާ ބުންޏެވެ.
ރެނދަންލާ ދިއްލާފައިވާ ބައެއް ރަށްތަކުގެ ތެރޭގައި ހއ އިހަވަންދޫ، ހއ ތަކަންދޫ، ވަށަފަރު އަދި ހދ ކުޅުދުއްފުއްޓާ މަކުނުދޫވެސް ހިމެނެއެވެ.

މި މަންޒަރު ބަލަން ހޯރަފުށީ ގިނަ ބަޔަކު ހާއްސަކޮށް ޒުވާނުން ގޮނޑުދޮށަށް އެއްވެއެވެ.
2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުވެސް ވަނީ ރާއްޖޭގެ ގިނަ ރަށްތަކަކުން މިމަންޒަރު ފެނިފައެވެ. މިގޮތުން އޭރު ހުޅުމާލޭ ގޮނޑުދޮށްވެސް ރެނދަންލާ ދިއްލާލިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ