- Advertisement -ad image

ރާއްޖޭގައި ވަރީގެ މައްސަލަތައް ރެކޯޑު އަދަދަކަށް ގިނަ! އޮގަސްޓް މަހު އެކަނިވެސް 63 ވަރި

ad image

ގުޅުންހުރި ލިޔުންތައް

މި އަހަރުގެ އޮގަސްޓްމަހު ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވަރި އާއި ގުޅުންހުރި މައްސަލަތައްކަން އެ ކޯޓުން ނެރުނު ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.

ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އޮގަސްޓްމަހުގައި އެކަނި ވެސް އެ ކޯޓަށް ވަނީ ވަރި އާއި ގުޅުންހުރި 148 މައްސަލައެއް ހުށަހަޅާފަ އެވެ. މީގެތެރެއިން 63 މައްސަލައެއް ވަނީ އެ ކޯޓުން ބަލާ ނިންމާފަ އެވެ.

ރާއްޖެ ފާހަގަ ކުރެވެނީ އޭޝިޔާގައި ވެސް އެންމެ ވަރި ގިނަ އެއް ޤައުމުގެ ގޮތުގައެވެ. އެގޮތުން 2021 އަހަރުވެސް ރާއްޖޭގައި އެވްރެޖްކޮށް ތިން ވަރި ކުރާކަމަަށް ކުރީގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފަ އެވެ.

ފެމިލީކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ވަނީ ޖުމްލަ 188 ކައިވެންޏެއް ކޮށްފަ އެވެ.

މިދިޔަ މަހު އެކަނި ފެމިލީ ކޯޓަށް ވަނީ ކުޑަކުދިންނާއި ގުޅުންހުރި 24 މައްސަލައެއް ހުށަހަޅާފަ އެވެ. އޭގެތެރޭގައި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހެޅި 9 މައްސަލައެއް ހިމެނެ އެވެ. މި މައްސަލަތަކުގެ ތެރެއިން ނިމިފައިވަނީ 18 މައްސަލަ އެކެވެ.

މީގެއިތުރުން މިދިޔަ މަހު ހަރަދުގެ ވެސް 13 މައްސަލަ ވަނީ ހުށަހަޅާފަ އެވެ. ޖުލައި މަހުގެ ނުނިމި ހުރި މައްސަލަތަކާއެކު ޖުމްލަ 16 މައްސަލަވަނީ ނިންމާފަ އެވެ.

ފެމިލީ ކޯޓުގެ ތަފާސްހިސާބަށް ބަލާއިރު 2021 ވަނަ އަހަރު 2،399 ކައިވެނިކުރި އިރު 1،192 ވަރި ސާބިތުކޮށްދީފައިވެ އެވެ. އެހެންކަމުން އެ ކޯޓުގައި އެވްރެޖްކޮށް ދުވާލަކު ހަ ކައިވެނި ރަޖިސްޓްރީކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ