- Advertisement -ad image

ރާއްޖެއިން ދޫކޮށްފައިވާ އެއްގަމު ލައިސަންސް މިހާރު މެލޭޝިޔާގައިވެސް ބޭނުން ކުރެވޭނެ

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖެއިން ދޫކޮށްފައިވާ އެއްގަމު ލައިސަންސް އަވަށްޓެރި މެލޭޝިޔާގައި ބޭނުން ކުރެވޭގޮތް ހަދައިފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނީ ސެޕްޓެމްބަރު 12 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވަނީ މެލޭޝިއާގައި ބޭނުން ކުރަން ފަށާފައި ކަމަށެވެ.
ރާއްޖޭގައި މެލޭޝިޔާގެ، އަދި މެލޭޝިޔާގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުން ކުރެވޭގޮތަށް ހެދުމަށް ދެ ގައުމުން އެއްބަސްވެފައިވަނީ ނިނުނު އޮގަސްޓްމަހުއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު، އައިޝަތު ނަހުލާ ވިދާޅުވީ، މި އެއްބަސްވުމާއެކު، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ މެލޭޝިޔާ ރައްޔިތުންނަށް އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

އަދި، މިކަމުގެ ސަބަބުން ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ