- Advertisement -ad image

ސުޖާ ގާސިމަށް : މޮޅު ވާހަކަ ނުދައްކާ ހިތްހަމަ ނުޖެހެންޏާ ކޯލިޝަނުން ނިކުމެބަލަ

ad image

ގުޅުންހުރި ލިޔުންތައް


މޮޅު ވާހަކަ ނުދައްކާ ހިތްހަމަ ނުޖެހެންޏާ ކޯލިޝަނުން ނިކުތުމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު ގާސިމް އިބްރާހިމްއަށް ގޮވާލައިފިއެވެ.
އެމްޑީޕީ ބައިބައި ނުވާނެ ކަމަށާއި އެތެރޭގެ ހަމަނުޖެހުންތަކަކީ ސިޔާސީ ޑުރާމާ ކަމަށް ގާސިމް އިބްރާހިމް މިއަދު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝުޖާއު ވިދާޅުވީ، ގާސިމްވެސް ކުޅުއްވަމުން ގެންދަވަނީ ޑުރާމާއަކާ ވައްތަރު ކަމަށެވެ.
އަދި ޤައުމަށް ވާނެ ހަތަރެތިވީ އިރުވެސް ހުންނެވީ އެއީ ޑްރާމާތައްކަން އެގި ހުރެ ކަމަށާއި އެ ޑްރާމާތަކަށް ހިތްވަރުދޭންނޫންތޯ ޝުޖާ ވަނީ ސުވާލު ކުރައްވާފައެވެ.
އެހެންކަމުން މިއަދު ގާސިމް އިބްރާހިން ދައްކަވަމުން ތިދަނީ ކޮން ވާހަކައެއްތޯވެސް ޝުޖާއު ސުވާލު އުފެއްދެވިއެވެ.
ޓީވީޗެނަލަކަށް ދެއްވި އިންޓަރވިއުއެއްގައި ގާސިމް އިބްރާހިމް ވިދާޅުވީ، އެމްޑީޕީ ރޫޅިގެން ނުދާނެ ކަމަށާއި އެއީ އެމްޑީޕީގެ އެއްވެސް ލީޑަރަކަށް ބަރުދާސްތުކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ ކޯޅުމަކީ ޑްރާމާއެއް ކަމަށްވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ