- Advertisement -ad image

މުއްދަތު ހަމަވެފައިވާ ވެކްސިން ދިން ތުއްތު ކުދިންނަށް އައު ވެކްސިން ދެނީ

ad image

ގުޅުންހުރި ލިޔުންތައް


ވިލިމާލެ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިން ދިން ހަތަރު މަހުގެ ކުދިންނަށް އައު ވެކްސިން ދެމުންދާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މުއްދަތު ހަމަވެފައިވާ ވެކްސިން ދިން ކުދިންނަށް ސިއްހީ މާހިރުންގެ ލަފަޔާއެކު އައު ވެކްސިން ބައިބަޔަށް ބަހާލައިގެން ދެމުންދާ ކަމަށެވެ.
ވިލިމާލެ ހޮސްޕިޓަލުގައި ދިމާވި މި ހާދިސާ އާއި ގުޅިގެން އެޗްޕީއޭއިން ވަނީ ފިޔަވަޅުވެސް އަޅާފައެވެ.
ހެލްތް މިނިސްޓްރީން ބުނީ މުއްދަތު ހަމަވެފައި ހުރި ވެކްސިންތައް ބަދަލުކޮށް އައުކޮށްފައިވާ ކަމަށެވެ. މުއްދަތު ހަމަވެފައިވާ ވެކްސިން ވިލިމާލެ ހޮސްޕިޓަލުން ތުއްތު ކުދިންތަކަކަށް ދިން މައްސަލައެއް ފެންމަތިވީ މެއިމަހުގެ ތެރޭގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ