- Advertisement -ad image

މަޖިލީހުގެ ސާޖަންޓް އެޓް އާރމްސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 16 ވަނަ މާއްދާގެ ނ ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ. މަޖިލީހުގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަގާމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރުން މަތީގެ މީހުނަށް ކަމަށެވެ.
މިމަގާމަށް ކަނޑައަޅާފައިވާ އަސާސީ މުސާރައަކީ 32،000 ރުފިޔާއެވެ.
އެލަވސންސް/އިނާޔަތް:
ލިވިން އެލަވަންސް 4000 ރުފިޔާ
ފޯނު އެލަވަންސް 1000 ރުފިޔާ
ޕާލިމެންޓްރީ ސާރވިސް އެލަވަންސް 6،400 ރުފިޔާ
މަގާމަށް އައްޔަން ކުރުން:
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 18 ވަނަ މާއްދާގެ ށ ގެ ދަށުން ސާޖަންޓް އެޓް އާމްސްގެ މަގާމަށް ޝަރުތު ފުރިހަމަވާ މީހުންގެ ނަންތައް މަޖިލީހުގެ ރައީސް މަޖިލީހަށް ހުށަހަޅުއްވާނެއެވެ. އަދި އެ މާއްދާގެ ދަށުން އެމަގާމަށް އައްޔަން ކުރާނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

މަޖިލީހުގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން 28 ސެޕްޓެމްބަރު ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުރިހާ ވަނަވަރެއް ހަމަކޮށްފައި ހުށަހެޅުމަށް އެދޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ