- Advertisement -ad image

ދިއްފުށީ ސިއްހީ މަރުކަޒުގެ ލެބޯޓްރީ ހިދުމަތް ދޭން ފެށުމާއި އީ އާރު ހުޅުވައިފި

ad image

ގުޅުންހުރި ލިޔުންތައް

ކ.ދިއްފުށީ ޞިއްހީ މަރުކަޒުގެ ލެބޯޓަރީ ޙިދުމަތް ދޭންފެށުމާައި އަދި އީ.އާރު ހުޅުވައިފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ ލެބޯޓްރީގެ ޚިދުމަތް ފެށުމުން އާއްމުކޮށް ހެދޭނެ ޓެސްޓުތަކުގެ ތެރޭގައި ޝުގަރ ޕްރޮފައިލް، ލިޕިޑް ޕްރޮފައިލް، ރީނަލް ޕްރޮފައިލް، ލިވަރ ޕްރޮފައިލް، ކާޑިއެކް ޕްރޮފައިލް ހިމެނޭ ކަމަށެވެ.
މީގެ އިތުރުންވެސް އިލެކްޓްރޮލައިޓްސް، ބޯން ޕްރޮފައިލް، ސީރޮލޮޖީ ޓެސްޓް، ކޮންޕްލީޓް ބްލަޑް ކައުންޓް ޓެސްޓު ހިމެނެއެވެ.
‏އޭގެ ސަބަބުން ހަކުރުބަލި، ހިތުގެ ބަލި، ލޭމައްޗަށްދާ ބަލި، ކިޑްނީ މައްސަލަތައް ދެނެގަތުމަށް ފަސޭހަވެ، ކުރިޔާލާ ބަލި ދެނެގަތުމަށް މަގުފަހިވެގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރެއެވެ.

އަދި އޭގެ އިތުރަށް ރާއްޖޭގައި އާއްމުކޮށް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގޫ ފަދަ ބަލިތަކާއި ގުޅުންހުރި ޓެސްޓުތަކާއި، މާބަނޑު މީހުން ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ. ‏

ހެލްތް މިނިސްޓްރީން ބުނީ އަވަސް މުސްތަގްބަލެއްގައި ރަށުން ބޭރަށް ނުގޮސް ރަށުގައި ތިބެގެން ތެލެސީމިއާ ކުދިންނަށް ލޭއެޅުމުގެ ޚިދުމަތްވެސް ލިބިގެންދާނެ ކަމަށެވެ.
ލެބޯޓްރީ އާއި އެކު މިހާރު އެމާރޖެންސީ ހާލަތުގައި ކުއްލި ފަރުވާ ލިބޭނެ ނިޡާމެއް ގާއިމުކުރެވިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ