- Advertisement -ad image

ރިޔާސީ އިންތިހާބަކީ ރީތީގެ މުބާރާތެއް ނޫން: ޒައިދު

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބަކީ ރީތީގެ މުބާރާތެއް ނޫން ކަމަށާއި ވޯޓުލާންވާނީ އެންމެ ތެދުވެރި އިހުލާސްތެރިއަކަށް ކަމަށް ޝެއިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ ސްމާރޓް ކެންޑިޑޭޓަކީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ކަމަށާއި އޭނާގެ ރީތި ކަމުން ގިނަ ބަޔަކު ސިޔާމަށް ވޯޓު ދޭނެ ކަމަށް އެޕާޓީގެ ނައިބު ލީޑަރު އަލީ މައުރޫފް ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އަލީ ޒައިދު ވިދާޅުވީ، ވެރިކަމަކީ ވައުދުތަކާއި އަހުދުތަކެއް ވެގެން އާދެވޭ ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ.

އަދި އެ މަސްއޫލިއްޔަތު ނުއުފުލައިފިނަމަ ގިޔާމަތް ދުވަހުން ސުވާލު ކުރެވޭނެ ބޮޑުވެގެންވާ ކަމެއް ކަމަށް ޒައިދު ވިދާޅުވިއެވެ.
ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާންކޮށްފައިވާ ޕާޓީތަކަކީ އެމްއާރުއެމް، އެމްޑީއޭ، ޖުމުހޫރީޕާޓީ އަދި އެމްއެންޕީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ