- Advertisement -ad image

ރީޓެއިލް ފިހާރަ ހުޅުވައިދިނުމަށް އެދި 8 ވަނަ ޓަވަރުން ޕެޓިޝަނެއް ހުށަހަޅަނީ

ad image

ގުޅުންހުރި ލިޔުންތައް

ހިޔާ ފްލެޓްގައި މީހުން ދިރިއުޅެން ފެށިތާ އަހަރެއް ވީއިރުވެސް ބައެއް ޓަވަރުތަކުގައި އާންމު މުދާ ވިއްކާ ފިހާރައެއް ނެތްކަމުގެ ޝަކުވާ އަންނަނީ އެތަންތަނުގައި ދިރިއުޅޭ ރައްޔިތުން ކުރަމުންނެވެ.

މީގެ ތެރޭގައި 8 ވަނަ ޓަވަރުވެސް ހިމެނެ އެވެ. މި ޓަވަރުގައި ފިހާރައެއްގެ މަސައްކަތް ފަށައިގެން ކުރާތާ މިހާރު އެތައް މަހެއް ހޭދަވެއްޖެ އެވެ. މީގެކުރިން އެއީ އެތަނުގައި ހުޅުވަން ހަމަޖެހިފައިވަނީ ރީޓެއިލް ފިހާރައެއް ކަމސް ގްރޫޕްގެ ބައެއް މެމްބަރުން ވަނީ ބުނެފަ އެވެ. ނަމަވެސް ފިހާރަ ނިމުމަކާއި ގާތްވިއިރު އެތަންވަނީ ކުޑަކުދިންނަށް ހާއްސަ ފިހާރައަކަށް ބަދަލުވެފަ އެވެ. މިކަމާއި ގުޅިގެން H8 ޓަވަރުގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ފިހާރައެއް ނެތުމުން މިޓަވަރުގެ އެންމެންވެސް ދަނީ 7ވަނަ ޓަވަރުގައި ހުންނަ ފިހާރައަށެވެ. އަދި ދެ ޓަވަރުގެ މީހުން ބޭނުންކުރަން ޖެހުމުން މި ކުޑަ ކުޑަ ފިހާރަ އަބަދު އޮންނަނީ ތޮށްޖެހިފަ އެވެ. ހާއްސަކޮށް ހުކުރު ދުވަހު އެތައް އިރެެއް ކއުގައި ހޭދަކުރަންޖެހެ އެވެ.

8 ވަނަ ޓަވަރުގައި ދިރިއުޅޭ އާއްމުންގެ އެދުމުގެ މަތިން ޓަވަރުގެ އެޑްމިން ޓީމުން ވަނީ މިކަމަށް އެދި އެޗްޑީސީއަށް ޕެޓިޝަނެއް ހުށަހެޅުމަށް ގްރޫޕްގައި ޕޯލްއެއް މެދުވެރިކޮށް ވޯޓެއްވެސް ނަގާފަ އެވެ. މި ޕޯލްގައި 80އަށްވުރެ ގިނަ މީހުންވަނީ ޕެޓިޝަން ހުށަހަޅަން ބޭނުންވާކަމަށް ވޯޓު ދީފަ އެވެ.

މި ޓަވަރުގައި މިހާރުވެސް އަންނަނީ ސެލޫންއެއް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ