- Advertisement -ad image

ކަލާފާނު ސްކޫލުގެ ޕީޓީއޭ ސްޕޯޓްސް ފެސްޓިވަލްގެ އެއްވަނަ ގްރޭޑް ދެއެއް އަދި ގްރޭޑް ހަތެއްގެ ޓީމު ހޯދައިފި

ad image

ގުޅުންހުރި ލިޔުންތައް

ކަލާފާނު ސްކޫލުގެ ޕީޓީއޭ ސްޕޯޓްސް ފެސިޓިވަލް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފެސްޓިވަލްގައި ސްކޫލުގެ ހުރިހާ ގްރޭޑްތަކުންވެސް ފޯރިއާ އެކު ބައިވެރިވެފައިވެއެވެ.
ފެސްޓިވަލްގައި ކުރިއަށް ދިޔަ ހަރަކާތްތަކުގެ ތެރޭގައި ލުބޯ ރޭސް, ގޯނި ރޭސް, ފިލްދަ ބޮޓްލް, ފިރިހެނުންގެ ހުނި ގޭނުން, ފުއްޕާހަން ފެޅުން, އަތް ނުޖައްސާ އާފަލު ކެއުން, ހޫޕު ޕާސިންގެ އިތުރުން ވައު ދެމުންވެސް އޮތެވެ.
މުޅި ފެސްޓިވަލްގައި ކުޅިވަރުތައް ކުރިއަށް ގެންދިޔައީ އަންހެން ފިރިހެން ދެ ޖިންސް ވަކިންނެވެ.


މުބާރާތުގެ އަންހެން ބައިން ތިން ވަނަ ހޯދީ ގްރޭޑް ނުވައެއް އަދި ގްރޭޑް އެކެއްގެ ބެލެނިވެރިންނެވެ. އަންހެން ބައިން ދެވަނައަށް ހޮވުނީ ގްރޭޑް ދޭކެވެ. އަދި ފުރިހަމަ އެއްވަނަ އެއް އަންހެން ބައިން ހޯދާފައިވަނީ ގްރޭޑް ދޭއްގެ ބެލެނިވެރިންނެވެ. ފިރިހެން ބައިން ތިން ވަނަ ހޯދީ ގްރޭޑް ތިނެއް އަދި ހައެއް ބެލެނިވެރިންނެވެ. ފިރިހެން ބައިން ދެވަނަ ގްރޭޑް ނުވައެއްގެ ބެލެނިވެރިން ހޯދިއިރު ފިރިހެން ބައިން ފުރިހަމަ އެއް ވަނަ ހޯދާފައިވަނީ ގްރޭޑް ހަތެއްގެ ބެލެނިވެރިންގެ ޓީމް އިންނެވެ.
ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާ ހަނދަނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ