- Advertisement -ad image

އިތުރު ދެ ހަފްތާއަށް މިނީބަހުގައި ހިލޭ ދަތުރުކުރެވޭ ގޮތް ހަދައިފި

ad image

ގުޅުންހުރި ލިޔުންތައް

އަނެއްކާވެސް އިތުރު ދެ ހަފްތާއަށް މާލޭގައި މިނީބަސް ދަތުރުތައް ހިލޭ ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
އެމްޓީސީސީން ބުނީ ހިލޭ ދަތުރުކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރު ކުރުމުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުން މި ހިދުމަތް ރަނގަޅަށް ތަޖުރިބާ ކުރުމުގެ އިތުރު ފުރުސަތު ދިނުމާއެކު ކަސްޓަމަރުންގެ ހިޔާލާ އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާ ކުރުމަށް ކަމަށެވެ.
އަދި ހިދުމަތަށް އަގުނަގައިގެން ދަތުރުކުރަން ފެށުމާއެކު ޓިކެޓު ނެގުމަށް ބޭނުންކުރަންޖެހޭ އާރުޓީއެލް ޓްރެވަލް އެޕަށް ކަސްޓަމަރުން އަހުލުވެރިކުރުމަށް އިތުރު ފުރުސަތު ދިނުމަށް ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

ބަހުގެ ހިދުމަތް ދެމުން ދަނީ ކޮންމެ ދުވަހެއްގެ ހެނދުނު 5:45 އިން ރޭގަނޑު 00:15 އަށެވެ. ބަހުގެ ހިދުމަތް ކޮންމެ 10 މިނެޓަކާއި 15 މިނެޓާއި ދޭތެރޭ ވަގުތެއްގައި ކޮންމެ ބަސް ސްޓޮޕަކުން ލިބެއެވެ.
މި ހިދުމަތަށް ކަނޑައަޅާފައިވާ އަގަކީ 7 ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ