- Advertisement -ad image

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް އެކުލަވާލާފައި ނެތުމުން އާދަމް ޝަރީފުގެ ކަންބޮޑުވުން

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގައި މިއަދާ ހަމައަށްވެސް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލާފައި ނުވާތީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
އާދަމްޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ދީނީ ހިލާފުތައް އުފެދޭ ބޮޑެތި މައްސަލަތަކާއި ފިގުހީ ކަންކަން ދިރާސާކޮށް އެކަން ކަމުގެ ދީނީ ލަފާ ފޯރުކޮށްދިނުމަށް ގާނޫނު ލާޒިމުކުރާ ‘ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް’ އެކުލަވާނުލާ އޮތުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އާދަމް ޝަރީފް މިގޮތަށް ވިދާޅުވެފައި މިވަނީ ކުއީން އެލިޒަބަތު މަރުވުމާއި ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުންތަކެއްގައި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާތީއެވެ.
ބައެއް އިލްމްވެރިން ބުނެފައިވަނީ ޣައިރު މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވުން މަނާ ކުރާ ދަލީލެއް ނެތް ނަމަވެސް ޣައިރު މުސްލިމް މައްޔިތެއްގެ މައްޗަށް ހެޔޮ ދުއާ ކުރުމަކީ ހުރިހާ އިލްމުވެރިން އިޖުމާއުވެލައްވާ ގޮތުގައި ހަރާމް ކަމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ