- Advertisement -ad image

ޗައިނާ ސަރުކާރުން ސިޓީ ކައުންސިލަށް 3000 މަގުބައްތި ހަދިޔާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ޗައިނާ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް 3000 މަގުބައްތި ހަދިޔާކޮަށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ހަވާލުކޮށްދެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލީ ޖިންއެވެ.

ސިޓީ ކައުންސިލްގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.


މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ ޗައިނާ އެއްބަސީގެ ފަރާތުން ލިބުނު އަގުހުރި ހަދިޔާގެ ސަބަބުން، މާލޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް ޒަމާންވަންދެން ބަދަލުނުކުރެވި ހުރި މަގު ބައްތިތައް ޒަމާނަށް ފެތޭ އަލި ހެޔޮވަރު ލެޑު ލައިޓްތަކަކަށް ބަދަލުކުރެވިގެންދާނެކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ސިޓީގެ ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ސަފީރު ވާންގް އާ ރަސްމީ ހައިސިއްޔަތުން ބައްދަލުކުރުމަށް ލިބިގެންދިޔަ ފުރުޞަތުގައި، މާލޭ ސިޓީ ކައުންސިލުން ދެމުންދާ ޚިދްމަތްތަކާއި އަދާކުރަމުންދާ ޒިންމާތަކުގެ މައުލޫމާތު އެކަމަނާއަށް އަރުވާފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

‎އެގޮތުން، މާލޭގެ ރައްޔިތުންގެ ދިރިއުޅުމަށް ލުއިފަސޭހަވެގެންދާނެގޮތަށް ސިޓީ ކައުންސިލުން ދެމުންދާ މުނިސިޕަލް ޚިދްމަތްތައް ހަލުވިވެ، އިތުރަށް ފުޅާވެގެންދާނެ ބައެއް ކަންކަމުގެ ވާހަކަވެސް އެކަމަނާ އަރިހުގައި ދަންނަވާފައިވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގެ ނަތީޖާއަކީ، މިއަދު ޗައިނާއިން މި ހަދިޔާކުރާ މަގު ބައްތިތައް ހަމަޖެހިގެންދިއުން ކަމުގައި މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރުގެ ވާހަކަފުޅުގައި މާލޭގެ އުމްރާނީ ތަރައްޤީއަށް އަދި ރައްޔިތުންގެ ދިރިއުޅުމުގެ ކުރިއެރުމަށް އަބަދުވެސް ޗައިނާއިން ވެދެމުންދާ ދީލަތި އެހީތެރިކަމަށް ޗައިނާ ސަރުކާރަށް ވަނީ އިޚްލާސްތެރި ޝުކުރެއް ދަންނަވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ