- Advertisement -ad image

މިނީބަސް ރޫޓުގައި ޕާކްކޮށްފައި ހުރި އިތުރު 70 ވެހިކަލެއް ޓޯކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މިނީބަސް ރޫޓުގައި ޕާރކް ކުރުން މަނާ ކުރުމާއި ގުޅިގެން އެކަން ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 69 ސައިކަލު ޓޯކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ 7 އަކުން ފެށިގެން 18 އާ ހަމައަށް މިނިީބަސް ރޫޓުގައި ޕާރކްކޮށްފައި އޮތް އެއް ކާރުވެސް ޓޯކޮށްފައިވާ ކަމަށެވެ.
އަދި މިހާތަނަށް 797 ވެހިކަލުގައި ގަވައިދާ ހިލާފަށް ޕާރކްކޮށްފައިވާތީ ސްޓިކާ ވެސް ޖަހާފައިވާ ކަމަށެވެ.
މިނީބަހަށް ދަތިވާގޮތަށް ޕާރކްކޮށްފައި އޮތުމުން ފުރަތަމަ ހަފްތާގައި ވަނީ 538 ވެހިކަލްގައި ސްޓިކާ ޖަހާ 31 ވެހިކަލް ޓޯކޮށްފައެވެ.

މާލޭގައި މިނީބަހުގެ ބަސްތައް ދުއްވާ ރޫޓަށް ދަތިވާގޮތަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޖޫރިމަނާކޮށް ޓޯ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ މީގެ ކުރިން ދީފައެވެ.
އެގޮތުން ބަސް ރޫޓަށް އުނދަގޫވާގޮތަށް، ޕާކު ކުރުން މަނާ ކޮށްފައިވާ ސަރަހައްދުތަކުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކަރ ޖަހާނެ ކަމަށާއި މީގެ އިތުރުން ޓޯ ކުރަން ޖެހޭ ހާލަތްތަކުގައި ޓޯ ކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ