- Advertisement -ad image

މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އޮކްޓޯބަރު މަހުގެ 15 އަށް އިތުރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރަން ހުޅުވާލާފައިވާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ މުއްދަތު އޮކްޓޯބަރު 15 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ގޯތި ދޫކުރުމުގެ އުސޫލަށް މިދިޔަ ބުރާސްފަތި ދުވަހު ގެނައި ބަދަލާ ގުޅިގެން، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅުން ދޫކުރާ 3،000 ގޯތި އަދި ހުޅުމާލޭގައި ތަރައްގީކުރާ 4،000 ފްލެޓަށް އެދުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
ހައުސިން މިނިސްޓްރީން ކުރިން އިއުލާންކޮށްފައިވަނީ ގޯއްޗާއި ފްލެޓަށް ކުރިމަތިކުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 26 ކަމަށެވެ.
އެންމެ ފުރަތަ މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން ގޯތި ދޫކުރުމަށް ހިންގާ ބިންވެރިޔާ ސްކީމްގައި މާލޭ މީހުން ކަމުގައި ބަލަނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓްރީވެފައި ނުވާ މީހުންނެވެ.
ނަމަވެސް ޕްލޭނިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އުސޫލަށް ގެނައި އިސްލާހުގައި މިހާރު ބުނެފައިވަނީ ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދަކާ ގުޅިގެން އެހެން ތަނެއްގެ ރަޖިސްޓްރީގައި ކުރިން އޮތް ނަމަވެސް އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ނަމަ އަދި އެ މީހަކު މިހާރު އަނެއްކާވެސް މާލޭ ރަޖިސްޓްރީގައި ހިމަނާފައި އޮތް ނަމަ އެ މީހަކީ މާލޭ މީހެއް ކަމަށް ބަލާނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ މިހާތަނަށް ވެސް ފްލެޓަށް އެދި 19،000 އަށްވުރެ ގިނަ މީހުން ފޯމްލާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ