- Advertisement -ad image

10 ޓަނު މަހާއެކު ‘ހުދަންބަރު’ ދޯނި ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

10 ޓަނު މަހާއެކު ދަތުރުކުރަމުން ދިޔަ ‘ހުދަންބަރު’ ނަމަކަށް ކިޔާ މަސްދޯންޏެއް ފަރަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި ކ. ގާފަރަށް ނިސްބަތްވާ މި ދޯނި ވަނީ ފ. އަތޮޅު ‘ހިމިތި’ ކިޔާ ފަރަކަށް އަރާފައެވެ.
އެ ދޯނީގައި ހުރި މަސްވެރިއަކާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވަނީ ހުދަންބަރު ދޯނި ފަރަށް އެރީ ދޯނީގެ ކެޔޮޅު ފަތިސްނަމާދު ކުރަން އެހެން މީހެއްގެ އަތަށް ހުންގާނު ދިން ފަހުން ކަމަށެވެ.
އަދި މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ނަމަވެސް ދޯނި ފަރަށް އެރި ހިސާބަކީ ރޭންޖް އެހާ ރަނގަޅު ހިސާބަކަށް ނުވުމުން އެންމެ ފުރިހަމަ މަައުލޫމާތު އަދި ލިބޭގޮތެއް ނުވެއެވެ.
މިހާދިސާގައި ދެ މަސްވެރިއަކަށް އެކިވަރުގެ އަނިޔާލިބިފައިވެއެވެ.
ގާފަރު ދޯންޏެއް ފ. އަތޮޅު ފަރަކަށް އަރައިގެން އުޅޭކަން، ފ. ފީއަލީ ކައުންސިލުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ