- Advertisement -ad image

ލޯބޯ ފިއްސައިގެން ބާނާ މަސްކޮޅު މިއަދު މިޖެހެނީ ބަހާލަން: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް


ބާނާ މަސްކޮޅުގެ ބައިކުޅަބައިވެސް ކިރައިނުލެވި، ލޯބޯ ފިއްސައިގެން ބާނާ މަސްކޮޅު ޖެހެނީ ބަހާލަން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ބާނާ މަސް ކޮޅު ނުކިރިގެން މަސްވެރިން ކަންބޮޑުވުން ފާޅު ކުރަމުންދާތީ ކުރެއްވި ޓުވީޓެއްގައި ޝިޔާމް ވިދާޅުވީ، ބާނާ މަސްކޮޅުގެ ބައިކުޅަބައިވެސް ކިރާނުލެވޭ އިރު ކިރާލާ މަސްކޮޅަށް ފައިސާވެސް މިއަދު ނުލިބޭ ކަމަށެވެ.
އަދި އައިސްކޮޅު ނުލިބޭ އިރު ތެޔޮކޮޅު އިންތިހާޔަށް އަގުބޮޑު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ބާނާ މަސްކޮޅަށް ‘ހަމައަގު’ ލިބޭ ވާހަކަ ދެއްކެންވެސް ނެތް ކަމަށާއި މަސްވެރިން މަހަށް ނިކުމެ ލޯބޯ ފިއްސައިގެން ބާނާ މަސްކޮޅު މިޖެހެނީ ބަހާލަން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިސިނާއަތު ހަލާކުވެ މަސްވެރިން ވަނީ ނިކަމެތިކޮށްލާފައި ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މަސްވެރިކަން ރަނގަޅުވި ނަމަވެސް މަސް ކިރުވުން ލަސްވާ ކަމަށާއި މިފްކޯގައި ކެޕޭސިޓީ ނެތް ކަމުގެ ޝަކުވާ މަސްވެރިން ދަނީ ކުރަމުންނެވެ.
މިގޮތުން މަސް ނިކުރުމުން އައްޑޫ ރަހާ ދޯނި ވެސް ވަނީ ފޮޔޯރީއަށް ގޮސް ހިލޭ މަސްތައް ބަހާލާފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ޝިޔާމު ކާބަފައިން ޒަމާނުން ފެށިގެން ވެސް ނުކުރެވިފައިވާކަމެއް ތީ އޭރު ވެސް ރަށަށް މަސްކޮޅު. ހިފައިގެން ގޮސް މަސްކޮޅު ކަށްކާލަނީ ނުތަ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ