- Advertisement -ad image

ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރަން ހަވާލުކުރީ ތިން އެއަރޕޯޓް ތަރައްގީ ކުރެވޭނެ އަގުގައި: ތޯރިގު

ad image

ގުޅުންހުރި ލިޔުންތައް

ހދ ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރަން ސަރުކާރުން ހަވާލު ކުރި އަގަކީ އެފަދަ ތިން އެއަރޕޯޓް ތަރައްގީ ކުރެވޭނެ އަގެއް ކަމަށް ކުރީގެ މިނިސްޓަރ ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އާއި ހަވާލު ކުރީ އާދިއްތަ ދުވަހުއެވެ.
މިކަމަށް ފާޑު ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ތޯރިގު ވިދާޅުވީ، ހަނިމާދު އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްގެ އަގު ކަމައްވާ 2.1 ބިލިއަން ރުފިޔާ އަކީ ގާތްގަނޑަކައް މިކަހަލަ 3 އެއާޕޯޓް ތަރައްގީ ކުރެވޭނެ ވަރުގެ އަގެއް ކަމަށެވެ.
އަދި މިއީ މި ސަރުކާރުން ވަރައް ޒިންމާދާރުކަން ކުޑަކޮއް، ދިވެހިންނައް ބުރަ އުފުލަންޖެހޭ ގޮތައް ކުރިއައް ގެންދާ ޕްރޮޖެކްޓެއް ކަމަށް ތޯރިގު ވިދާޅުވިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ހަމަޖައްސާފައިވާ މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ. މި މަޝްރޫއަށް 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަވާނެއެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2,460 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމަރާތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާ ކުރުމަށް ބޭނުންވާ އެހިނިހެން ވަސީލަތްތައް ވެސް ގާއިމު ކުރެވިގެންދާނެއެވެ.

މީގެ އިތުރުން 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްއް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ