- Advertisement -ad image

އަމީނީމަގު ހެދުމަށް ގަސްތައް ކެނޑުން: ނަޝީދުގެ އިންޒާރެއް

ad image

ގުޅުންހުރި ލިޔުންތައް

އަމީނީ މަގު ހަދެމުގެ ބޭނުމުގައި ގަސްތައް ކަނޑައި ކޮށައި ހެދުން ހުއްޓާނުލައިފިނަމަ އަމިއްލަފުޅަށް ޝަރީއަތަށް ވަޑައިގަންނަވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، އަމީނީ މަގު ހެދުމުގެ ނަމުގައި އެ މަގުގެ ގަސްތައް ނެގުމުގައި ސަރުކާރުގެ ވިސްނުން ބަދަލު ކުރަންޖެހޭ ކަމަށެވެ.
އަދި ގަސްތަކުގެ މައްސަލާގައި މީގެ ކުރިންވެސް ކަންބޮޑުވެވަޑައިގެން އެކަން މެންބަރުންނާއި އާންމުން ރައްޔިތުންގެ ސަމާލު ކަމަށް މަޖިލީޖުގެ ރިޔާސަތުގައި އިންނަވައިގެން ގެނެސް ދެއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަމުންދާތީ އެކަމުގެ ކަންބޮޑުވުން އާންމުންވެސް ދަނީ ކުރަމުންނެވެ.
ނަޝީދު ވިދާޅުވީ، އުންމީދު ކުރައްވަނީ މަގު ހަދަން ހަވާލުކޮށްފައިވާ އާރްޑީސީ އާއި ޕްލޭނިން މިނިސްޓްރީން މިކަމުގައި ދެވަނަ ވިސްނެވުމަކަށް ދާނެ ކަމަށާއި އެހެން ނުވެއްޖެ ނަމަ އެ މައްސަލާގައި ފަރުދެއްގެ ހައިސިއްޔަތުގައި ދައުލަތާ ދެކޮޅަށް ޝަރީއަތަށް ވަޑައިގެން ދައުވާ ކުރައްވާނެ ކަމަށެވެ.
އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ކުރަމުންދާއިރު މި މަގަކީ އަޑިގުޑަންތައް އެންމެ ގިނަ ކާރޫބާރު ވެސް އެންމެ ބޮޑު އެއް މަގެވެ. ނަމަވެސް ގަސްތައް ބަހައްޓައިގެން އެ މަގު ހެދުމުގެ މަސައްކަތް ކުރެވޭނެ ގޮތް ހޯދުމަށް އާއްމުންވެސް ދަނީ ގޮވާލަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ