- Advertisement -ad image

ބަނގުރާ ޕްރޮމޯޓްކުރާ ކަމަށް ތުހުމަތުކުރެވޭ ޕީޖީ މަގާމުން ވަކިކުރަންޖެހޭ: ޒައިދު

ad image

ގުޅުންހުރި ލިޔުންތައް

ޕްރޮސެކިއުޓަރ ޖެރަލްގެ މަގާމުގައި ހުންނަވައިގެން ބަނގުރާ ޕްރޮމޯޓު ކުރާ ކަމަށް ތުހުމަތު ކުރެވޭ ހުސެއިން ޝަމީމް މަގާމުން ވަކި ކުރަންޖެހޭ ކަމަށް ޝެއިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިހު ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝަމީމް އަކީ އިސްލާމީ ގައުމެއްގެ ޕީޖީގެ މަގާމަށް އެތައްގޮތަކުން ކުފޫހަމަނުވާ ބޭފުޅެއް ކަމަށެވެ.
އަދި ސަރުކާރުއަތުގައި މަޖިލިސް އޮތްއިރު މިކަމާ އަޅާނުލާތިބުމަކީ އެއްގޮތްކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށާއި ފަހަތުފަޔަށް ބުރަވެނުވުމަށް ޒައިދު ގޮވާލައްވާފައިވެއެވެ.
ޝެއިހު ޒައިދު މިގޮތަށް ޓުވީޓް ކުރައްވާފައި މިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ބަނގުރާ ފުޅިއެއް ހިއްޕަވައިގެން ހުރި މީހެއްގެ އަތެއް ފެންނަ ފޮޓޯއެއް އާންމު ކުރެއްވުމާ ގުޅިގެންނެވެ.
ޝަމީމްގެ އިންސްޓަގްރާމް ސްޓޯރީގައި ހޯމަ ދުވަހު ހިއްސާކޮށްފައިވަނީ މަރަނީ ބްރޭންޑުގެ ބަނގުރާ ފުޅިއެއް އެއް އަތުން ހިއްޕަވައިވެގެން އަނެއް އަތުން ނަންގަވާފައިވާ ފޮޓޯއެއް ކަމަށް ބެލެވެއެވެ. އަދި އެ ފޮޓޯގައި “ވެލްކަމް ޓު ޖޯޖިއާ” މިހެން ޖަހާފައިވެއެވެ.
މިކަމާ ގުޅިގެން ޕީޖީގެ މީޑިއާ ގުރޫޕުގައި ސުވާލު ކުރުމުން އަދި މިހާތަނަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ