- Advertisement -ad image

ކަންނެލީގެ އެންމެ ދަށް އަގެއް ކަނޑައެޅުމަށް މަޝްވަރާތައް ނުކުރާތާ އެތައް ދުވަހެއްވެއްޖެ، މަޖިލީހުގައި މިނިސްޓަރު ހެއްދެވީ އިތުރުފުޅެއް: ބީކޭއެމްޔޫ

ad image

ގުޅުންހުރި ލިޔުންތައް

ހޯމަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ އޮފް ފިސަރީޒް ހުސެއިން ރަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށް ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ބުނެފިއެވެ.
އެގޮތުން އެ ޖަމިއްޔާއިން ބުނީ ކަންނެލީގެ އެންމެ ދަށް އަގެއް ކަނޑައެޅުމަށް މަޝްވަރާތައް ކުރިޔައް ގެންގޮސްހުއްޓާލީ ކަމަށެވެ. އަދި އެކަމާ މަޝްވަރާ ނުކުރާތާ މިހާރު އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.
ކަންނެލީގެ އަގުގެ ގޮތުގައި 30 ކިލޯ އިން މަތި 100ރުފިޔާ އަށް އަދި30 ކިލޯ އިން ދަށް 80 ރުފިޔާ ކަމަށް އެޖަމިއްޔާއިން ހުށަހެޅި ކަމަށް ވެސް ބީކޭއެމްޔޫ އިން ބުނެފައިވެއެވެ.

މަޖިލީހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ހުސެއިން ރަޝީދު ވިދާޅުވީ، ބޮޑު ކަންނެލި ތަމުސީލު ކުރާ ޖަމިއްޔާގެ އިތުރުން ކަންނެލި ގަންނަ ކުންފުނިތަކާއި މަޝްވަރާކޮށް އަގުތައް ގެނެސްދިނުމަށް ބުނުމުން ދެ ފަރާތުންވެސް ހުށަހެޅީ ވަރަށް ތަފާތު ދެ އަގެއް ކަމަށެވެ.
އަދި ދެ ފަރާތް މަޝްވަރާކޮށްގެން ދެ މެދު އަގެއް ގެނެސްދޭން މިނިސްޓްރީން އެދިފައިވާނެ ކަމަށާއި އޭގެ ފަހުން ކަމެއް ނުހިނގާ ދިޔައީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ