- Advertisement -ad image

ތައުލީމީ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިތުރު ގަޑީގެ ފައިސާ ދޭންޖެހުން: މިނިސްޓަރު

ad image

ގުޅުންހުރި ލިޔުންތައް

ތައުލީމީ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިތުރު ގަޑީގެ ފައިސާ މުވައްޒަފުންނަށް ދޭން ޖެހުން ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ވަށާޖެހޭ ތައުލީމު ފޯރުކޮށްދިނުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީވެސް އެއް ދަންފަޅިއަށް ސުކޫލުތައް ބަދަލުކުރުމުން މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދޭންޖެހުންކަމަށެވެ.
މިހާރުވެސް ރާއްޖޭގެ 157 ސްކޫލެއް އެއް ދަންފަޅީގައި ކިޔަވައިދޭއިރު އެއް ދަންފަޅިއަށް ބަދަލުކުރުމާއެކު ސަރުކާރުގެ އަމާޒަކީ ވަށާޖެހޭ ތައުލީމު ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މިހާރު ވަށާޖެހޭ ތައުލީމުގެ މަފުހޫމުގެ 46 ސުކޫލެއްގައި ތަންފީޒުކުރަން ފެށިފައިވާކަމަށްވެސް ޑރ.ޢާއިޝަތު އަލީ ވިދާޅުވިއެވެ.
މިނިސްޓަރުވަނީ ވަށާޖެހޭ ތައުލީމުގެ މަފުހޫމަށް ސުކޫލުތައް ހިންގާ ގޮތުގެ ތަފުސީލު ދެއްވާފައެވެ. އެގޮތުން އެ މަފުހޫމަށް ކިޔަވައިދޭ ސުކޫލުތަކަށް ދަރިވަރުން ދާނީ ގާތްގަނޑަކަށް 6:00 ހާއިރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ސުކޫލު ފެށެނީ ކަސްރަތުގެ ހަރަކާތަކުން ކަމަށާއި، އެއަށްފަހު ހެނދުނުގެ ނާސްތާއަށްފަހު ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ކުރިއަށް ގެންގޮސް އެކަން ނިމުމުން، އެކިކަހަލަ އިޖުތިމާއީ ހަރަކާތްތަކާއި އިތުރު ހުނަރުތައް ދަސްކުރުމުގެ ޕްރޮގުރާމްތަކާއި ކުލަބު ހަރަކާތްތައް ފަދަ ކަންކަން ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޑރ.ޢާއިޝަތު އަލީ ފާހަގަކުރެއްވި ގޮތުގައި ވަށާޖެހޭ ތައުލީމުގެ ނިޒާމުގައި ކިޔަވައިދޭ ސުކޫލުތަކުގައި ދަރިވަރުން ސުކޫލު ވަގުތު ފުރިހަމަކުރުމަށްފަހު އެ ދުވަހެއްގައި އިތުރަށް ސުކޫލަށް އަންނަންނުޖެހޭނެއެވެ. އަދި ހަފުތާ ބަންދުގައިވެސް ދަރިވަރުން ސުކޫލަށް އަންނަން ނުޖެހޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ