- Advertisement -ad image

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފުވައްމުލަކު މިސްކިތް މަގު އަވަށުގައި ސިފައިން ހަރަކާތްތެރިވާން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ވިއްސާރަވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ޏ.ފުވައްމުލަކު ސިޓީ، މިސްކިތްމަގު އަވަށުގައި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަނުން، ފެން ހިއްކުމުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މިސްކިތްމަގުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ދުއްވާ އެއްޗެއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫތައް ދިމާވަމުންދާތީ، އެ ސަރަހައްދުން ފެން ހިއްކުމަށް ސިފައިންގެ އެހީތެރިކަމަށް އެދުމާ ގުޅިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ސިފައިން އެ ސަރަހައްދަށް ގޮސް، މިއަދުގެ 13:00 ހާއިރުން ފެށިގެން އެ ސަރަހައްދުން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ