- Advertisement -ad image

57 ޓަނުގެ މަސް ބާނައިގެން މަޑަވެލި ޓީއެސްލައިން ދޯނިން އެއްދުވަހުން 9 ލައްކަ ރުފިޔާ ހޯދައިފި

ad image

ގުޅުންހުރި ލިޔުންތައް

57.152 ޓަނުގެ މަސް ބާނައިގެން ގދ މަޑަވެލި ޓީއެސްލައިން ދޯނިން އެއްދުވަހާ 9 ލައްކަ ރުފިޔާ ހޯދައިފިއެވެ.
މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ސީއީއޯ އިސްމާއީލް ފައުޒީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދެކުނުގެ މޫސުން އެންމެ ރަގަޅަށް ތަން ނުދިންކަމުގައިވިޔަސް އިއްޔެ މަހަށް ނިކުތް ގދ.މަޑަވެލީގެ ޓީއެސް ލައިން ދޯނިން ވަނީ 57.152 ޓަނު މަސް ކޫއްޑޫއަށްކިރުވައި ، އެއްދުވަހެއްގެ ދޮށީގެ މަސްވެެރިކަމުގެ ރިކޯޑެއް ހަދާފައި ކަމަށެވެ.
އަދި އެ ދޯނިން ކިރުވި މަަށް ލިބުނު އާމްދަނީއަކީ 971،584 ރުފިޔާ. ކަމަށް ވިދާޅުވިއެވެ.
މިއީ އެންމެ ގިނަ އަދަދަކަށް މިފްކޯއަށް ނިމިދިޔަ އަހަރު މަސްކިރުވި ދޯނިވެސް ކަމަށާއި އެއީ 1095.805 ޓަނުގެ މަސް ކަމަށް ފައުޒީ ވިދާޅުވިއެވެ.

ޓީއެސް ލައިން ދޯނިން މަސް ބާނާފައިވަނީ ތިނަދޫގެ 30 މޭލު ބޭރުންނެވެ. އަދި މި ދޯނިން ވަނީ މި ފާއިތުވީ 4 ހަފްތާތެރޭ ޖުމްލަ 302 ޓަނުގެ މަސް ކިރުވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ