- Advertisement -ad image

ޖަމާލުއްދީން އާއި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އަދި ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތުގެ ޑިޒައިން އެންޑް ބިލްޑިން މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.
މިމަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. ޑިޒައިން އެންޑް ބިލްޓް އުސޫލުގެ ތެރެއިން ކުރިއަށް ގެންދާ މި މަޝްރޫއަކީ ޕީއެސްއައިޕީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
420 ދުވަހުގެ ތެރޭ ނިންމާ ގޮތަށް މި މަޝްރޫއަށް ހުށަހަޅާފައިވަނީ ސަތޭކަ ފަސްދޮޅަސް އަށް މިލިއަން ފަސްލައްކަ ފަންސަވީސް ހާސް އެއްސަތޭކަ ފަންސާސް ރުފިޔާ ނުވަދިހަ ލާރިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އިމާރާތުގެ މަސައްކަތް ނިމި 2024 ވަނަ އަހަރުގެ ދެވަނަ ޓާރމް ކިޔެވުން ފެށޭއިރު އިމާރާތުގެ ބޭނުން ކުރެވޭނެ ކަމަށެވެ.
އަރަބިއްޔާ ސްކޫލްގައި އިމާރާތް ކުރަނީ 40 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލް، 4 ލިފްޓް އާއި އަދި ފުރާ ފުރިހަމަ ސްކޫލެއްގައި ހިމެނޭ ހުރިހާ ވަސީލަތްތަކާއެކު ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތުގައި ހިމެނެނީ 34 ކްލާސްރޫމާއި ދެ ލިފްޓާއި އަދި ފާހާނާ ތަކާއެކު ދެ ސްކޫލްގެ މުވައްޒަފުންގެ ޕާރކިން އޭރިޔާއެކެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ޢަރަބިއްޔާ އަށް ބައިކުޅަބައި ދޭން ހަދާނެ ކަމެއްނެތް. އެތަން ޖަމާލުއްދީނަށް ދީފަ، އެހެންތާކު ޢަރަބިއްޔާ އަޅާ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ