- Advertisement -ad image

ކުޑަހުވަދޫން ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް!

ad image

ގުޅުންހުރި ލިޔުންތައް

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި އިދިކޮޅުލީޑަރ ރައީސް ޔާމީން ދ.އަތޮޅު ކުޑަހުވަދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުއްﷲ ގެ އިތުރުން ކުރީގެ އެންވަޔަރުމެންޓް މިނިސްޓަރ ޠާރިޤް އިބުރާހީމު އަދި ޕީޕީއެމް ކޯލިޝަންގެ ލީޑަރޝިޕްގެ އިތުރުން މާލޭ ސިޓީކައުންސިލްގެ ބައެއް މެންބަރުންވެސް ހިމެނިވަޑައިގަންނަވާ ކަން ފާހަގަކުރެވެއެވެ.

މިދަތުރުފުޅަކީ އަންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، އަތޮޅުތެރޭގައި ޕީޕީއެމްގެ ޙަރަކާތްތައް ވަރުގަދަކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ޕީޕީއެމްއިން ހާމަކުރެއެވެ.

މިރޭ ކުޑަހުވަދޫގައި އޮންނަ ޖަލްސާގައި އެރަށުގައި ތިއްބެވި އެމަނިކުފާނުގެ ސަޕޯޓަރުންނާ މުޚާތަބު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމްއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ